ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހްލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފި
ވެރިކަން ކުރާ އެމްޑީޕީގެ ކުރިއަށް އޮތް ގައުމީ މަޖިލީހުގެ އިންތިހާބުގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަހްލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފިއެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ނިންމި ނިންމުން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން އަލުން ބަލަން ފަށާފައިވަނީ ފަސް ވަނަ ދުވަހުއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމާ ފޯމު ހުށަހަޅުއްވާފައި ވަނިކޮށް މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމައި…