ރާއްޖެ އާއި ބްރޫނާއީ އާއި ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
ރާއްޖެ އާއި ބްރޫނާއީ އާއި ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝަވަރާކޮށްފިއެވެ. މި މަޝަވަރާ ބައްދަލުވުން ކުރިއަށް ދިޔައީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ބުރޫނާއީގެ ޞިއްހީ ދާއިރާގެ ޓޭކްނިކަލް އިބޭފުޅުންތަކަކާއި އެކު ކުރެވުނު މަޝްވަރާއަކަށް ފަހުގައެވެ. އެޓީމުގައި ބްރޫނާއީގެ ޕްރައިމަރީ ހެލްތުކެއަރ ގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާވިސްގެ މަންދޫބުން ހިމެނެއެވެ. ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި އެކު ބެއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި: ޕްރައިމަރީ ހެލްތު ކެއަރ ގެ ޚިދުމަތް…