"'ހޭލުންތެރި މީޑިއާ'" ޕްރޮގްރާމް ފަށައިފި
މުޖުތަމައު ހޭލުންތެރި ކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ހިންގާ 'ހޭލުންތެރި މީޑިއާ' ގެ މާލެ އަތޮޅު ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމަކީ މި މަހުގެ 22 އިން 23 އަށް ކ. ތުލުސްދޫގައި ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ކ. އަތޮޅުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ މެންބަރުން ބައިވެރިވެއެވެ. އެގޮތުން ތުލުސްދޫ، ދިއްފުށި، ހިންމަފުށި، ހުރާ، ގުޅި އަދި މާފުށިން ޖުމްލަ 23…