ވާނީގައި ތަމްރީން ހަދަމުން ދަނިކޮށް ހާލު ސީރިއަސްވި ފުލުސް ރެކްރޫޓް ނިޔާވެއްޖެ
ދ. ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިންގ ސެންޓަރުގައި ތަމްރީނު ހަދަމުންދަނިކޮށް ހާލު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންދެވުނު 34 އަހަރުގެ ފިރިހެން ރެކްރޫޓް ޙުސައިން ގާއިސް ނިޔާވެއްޖެއެވެ. މި ރެކްރޫޓްގެ ހާލު ކުއްލިއަކަށް ދެރަވުމާ ގުޅިގެން ހިސްޕިޓަލަށް ގެންދެވުނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއަށްފަހު ކުޑަހުވަދޫ ހޮސްޕިޓަލުން އިތުރު ފަރުވާދިނުމަށްޓަކައި އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކުރެވިފައެވެ. އެއަށްފަހުވެސް އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައެވެ. ޕޮލިސް ކޮންސްޓަބްލް މަރްޙޫމް ޙުސައިން ގާއިސް އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ…