ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ޣައްސާނާއި ޝިޔާމް
ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހަމަޖައްސައިފިއެވެ. ޕީއެންސީގެ ސެނެޓު ބައްދަލުވުމެއް ރޭ ވަނީ އެ ޕާޓީގެ ރަސްމީ އޮފީހުގައި ކުރިއަށް ގެންގޮސްފައެވެ. ރޭގެ ސެނެޓު ބައްދަލުވުމުގައި ޕާޓީގެ އެކި ކަންކަމާ މަޝްވަރާކުރެވުނުއިރު، ވަނީ ޣައްސާނާއި، ޝިޔާމް އެ ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް ހަމަޖައްސައިފައެވެ. ޣައްސާނާއި، ޝިޔާމަކީ އުވާލެވިފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި، އެ ޕާޓީ އުވައިލުމާ ހަމައަށް ނައިބު ރައީސުންގެ ގޮތުގައި…