ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވުޒާރާއިން، ހުސްވެފައިވާ ފޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވިފައިވަނީ މިހާރު އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި ތިއްބެވި އޮފިސަރުންނަށެވެ. އެ ވުޒާރާއިން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖޫން 2 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި އެކަމަށް އެދި ހުށަހަޅަންވާނެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ފޮލިސް…