ފަނޑިޔާރުން އައްޔަންކުރުމުގެ ނަމުގައި ކުޅެނީ ޑްރާމާ :ޑރ.ދީދީ
ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުޅެނީ ޑްރާމާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ފާހަގަކުރެއްވީ، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ފެށުނު ޢައިރު ދުސްތޫރީ މަރުޙަލާއެއްގައި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ދުރުކުރުމަށްފަހު، އެ ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީ އަށް ނުލިބޭ ބާރެއް ބޭނުންކޮށްގެން…