“ހިރިނައިދޫ” ހދ. ނެއްލައިދޫގެ ބައެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި
ނެއްލައިދޫ ރައްޔިތުންނަށް އިޤްތިޞާދީ ނަފާ ހޯދޭނެ މަގު ފަހިކުރުމަށްޓަކައި، ހދ. ހިރިނައިދޫ އެ އަތޮޅު ނެއްލައިދޫގެ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. މި ނިންމެވުން ރައީސް ކަނޑައަޅުއްވާފައިވަނީ މިއަދު ނެރުއްވި ނަންބަރު 13/2025 ޤަރާރުގެ ދަށުންނެވެ. މި ނިންމެވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ. މި ޤަރާރުގެ ދަށުން، ހިރިނައިދޫގެ ނަން ދިވެހި ބަހުންނާއި އިނގިރޭސި…