ރައުދު ބަންދުން ދޫކޮށްލައިފި
އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލައިފިއެވެ. އޭނާއަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވީ އިއްޔެއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދުދީފައިވާތީ، ރޭ ރައުދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އެހެންވެ، ރޭ ރައުދު ބަންދުން ދޫކޮށްލައިފައިވާ…