ދިވެހި ފުލުހުންގެ ޚިދުމަތުން ‘މީޑިއާ އިންޓަރެކްޝަން ނައިޓް 2025’ އިންތިޒާމު ކުރަނީ
ދިވެހި ފުލުހުންގެ ޚިދުމަތުން "މީޑިއާ އިންޓަރެކްޝަން ނައިޓް 2025" އިންތިޒާމުކުރަން ނިންމައިފިއެވެ. - ދިވެހި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކުރާ "މީޑިއާ އިންޓަރެކްޝަން ނައިޓް 2025" ގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 މެއި 20 ވަނަ ދުވަހުގެ ރޭގައެވެ. ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި މި ހަރަކާތުގެ އެންމެހައި ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ބައިވެރިވެވަޑައިގަންނަވާ ހުރިހާ މީޑިއާތަކުން 2025 މެއި 12 ވަނަ…