މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ 21 މައްސަލަ
މިދިޔަ އޭޕްރީލް މަހު ކުޑަކުދިންނަށް ކުރި އަނިޔާގެ 98 މައްސަލައެއް ބަލާފައިވާއިރު، އޭގެ ތެރޭގައި ޖިންސީ އަނިޔާކުރުމުގެ 21 މައްސަލައެއް ހިމެނޭ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީންވަނީ އޭޕްރީލްމަހު އެ މިނިސްޓްރީން ބަލާފައިވާ މައްސަލަތަކުގެ ތަފާސްހިސާބު މިއަދު އާންމުކޮށްފައެވެ. އޭގައިވާ ގޮތުން، ކުޑަކުދިންނާގުޅޭ 98 މައްސަލައަކާއި އާއިލާތަކާގުޅޭ 32 މައްސަލައެއް އެ މިނިސްޓްރީން ބެލިއެވެ. މީގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ހުށަހެޅުނު މިންވަރަށް ބަލާއިރު، އިހުމާލުވުމުގެ 32…