ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ބަނަފުސާ އަދި އަރާއިރު ނެރެފި
ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ގެ ޅެން ފޮތް "ބަނަފުސާ" އާއި ލަވަ އަލްބަމް "އަރާއިރު" ނެރެފިއެވެ. އަބްދުއްރަހީމުގެ ޅެންފޮތާއި އަދި ލަވަ އަލްބަމް ނެރުނީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ހަފުލާއެއް މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގައި ބޭއްވިއެވެ. ފޮނަދޫގެ އަރާއިރުގެ އިރުން އޮންނަ ފަންނު ސަރަޙައްދުގައި ބޭއްވުނު މި ހަފުލާގައި، ޅެން ފޮތް ނެރެދެއްވީ މަޝްހޫރު ޅެންވެރިޔާ އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އެވެ. އަދި…