ސަންލޭންޑް ނަޒީރުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ. ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ހިދުމަތްތަކެއް ނަޒީރު ކުރައްވާފައިވާކަން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ނަޒީރަކީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް އެވެ. އޭނާ އަވަހާރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތުގަ އެވެ.