ރޯދަމަހުގެ ހަނދު ސާބިތު ކުރުން އަންނަ މަހުގެ 10ގައި
ކުރިއަށް އޮތް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމުގެ ކަންކަން އަންނަ މަހުގެ 10 ގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ރޯދަމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރޯދަމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރި މަތީގައި ކަމަށެވެ. އަދި އަތޮޅުތަކުގައި ނަމަ…