ގެދޮރުވެރިޔާ ސްކީމުގެ ފްލެޓު ހަވާލުކުރުން ކުރިއަށްގެންދަން ހުއްދަ ދީފި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ ފުރަތަމަ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހުއްދަ ދީފިއެވެ. އޭސީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވާ އެންގުން މިހާރު ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން…