އީސީގެ މެމްބަރު ކަމަށް އެސްޖީ ހަސަންގެ ނަން ފޮނުއްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ ކޮމިޝަންގެ މެންބަރު ކަމަށް އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. އީސީގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އެކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބްގެ ދައުރު އަންނަ މަހުގެ 13 ވަނަ ދުވަހު ހަމަވާނެއެވެ. ހަބީބްގެ ދައުރު ހަމަވާތީ ރައީސް އޮފީހުން އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލީ ފާއިތުވި…