ސުޕްރީމް ކޯޓުގެ އަމުރު: މަޖިލީހުގެ ކޯރަމް ގުނަންޖެހޭނީ ހުސްވި ދާއިރާތަކުގެ ގޮނޑިތައް ހިމަނައިގެން
ފެށުނީއްސުރެ ރައްޔިތުންގެ މަޖިލީހުން ޢަމަލުކުރަމުންދިޔަ ގޮތް ދެމިއޮންނަންޖެހޭ ކަމަށާއި މަޖިލީހުގެ ކޯރަމް ގުނަން ޖެހޭނީ ހުސްވި ދާއިރާތަކުގެ ގޮނޑިތައް ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އަންގައި އަމުރެއް ނެރެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް އަމަލުކުރާތާ އެތައް އަހަރެއް ފާއިތުވެފައިވާއިރު، މަޖިލީހުގައި…