ފުވައްމުލަކު މަގު ހެދުމުގެ ދެވަނަ ފިޔަވަހި ރައީސް އިފުތިތާހުކޮށްދެއްވައިފި
ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވީ، އެ މަނިކުފާނުގެ ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީއަށް ފަހު މިއަދު ފުވައްމުލަކަށް ވަޑައިގަތުމަށް ފަހުއެވެ. ފުވައްމުލަކުގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ…