ބޭރު ގައުމުތަކުގައި އުޅޭ ދަރިވަރުންގެ "ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އޮންލައިންކޮށް ދިވެހި އަދި އިސްލާމް ކިޔަވައިދޭން ފެށުމަށް ސަރުކާރުން ހިންގަން ވައުދުވެފައިވާ "ރިވެލި" ޕްރޮގްރާމް ރައީސް ޑރ. މުއިއްޒު ދުބާއީގައި އިފްތިތާހު ކޮށްދެއްވައިފިއެވެ. ރައީސް މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ދުބާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދުބާއީގައި އުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ތާޖު ހޮޓަލްގައި ބޭއްވި ބައްދަލުވުމެއްގައެވެ. ރައީސް ވިދާޅުވީ ރިވެލި ޕްރޮގްރާމަކީ ދިވެހި ކުދިންނަށް ދިވެހި އަދި އިސްލާމު ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެމިރޭޓްސްގެ އެކި ސިޓީތަކުގައި…