ސައުދީގައި ކިޔަވަންތިބޭ ކުދިންނަށް ހައްޖުގައި ބައިވެރިވެވޭނެ: ޝަހީމް
ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދީފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ދިވެހި ސަރުކާރުން ހުށައެޅުއްވިކަމަށެވެ. އަދި އެ ހުށައެޅުން ސައުދީ ހައްޖު ވުޒާރާއިން އެއްބަސްވެ، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިއަދު އަންގާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިއަހަރު ހައްޖަށް ލިބޭ ރަސްމީ…