ރައީސާއި އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް ބައްދަލުކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ދުބާއީގައި ފެށި ވޯލްޑް ގަވަމަންޓް ސަމިޓުގެ ހަވާސާގައެވެ. ބައްދަލުކުރެއްވުމުގައި ކުރެވުނު މައިގަނޑު މަޝްވަރާތަކުގެ ތެރޭގައި މިހާރު ވެސް ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިއްހީ ދާއިރާގެ އިތުރުން އިގްތިޞާދީ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކޮށް…