ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލައިފި
ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ކިޔަން ފެށި ގުނޫތު ކިޔުން އިސްލާމިކް މިނިސްޓްރީން ހުއްޓާލައިފިއެވެ. 18 އޮކްޓޫބަރު 2023 ވީ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި، ފަރުޟު ފަސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އެންގީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ 4 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ…