ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް ސިޓީ ފޮނުވޭ ގޮތް ހަދައިފި
ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުމަށް އެދި ކޯޓުތަކަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭ ގޮތް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހަދައިފިއެވެ. ޕީޖީ އޮފީހުން ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ޕީޖީ އޮފީހުން އިސް ނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެ އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯދަމުންދާ މުއައްސަސާއަކަށްވާތީ މައްސަލައިގައި އަނިޔާ ލިބުނު މީހާ އަށް މައްސަލަ ހިނގަމުންދާ ގޮތާއި…