76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު އިފްތިތާހުކޮށްފި
ލެބޯޓްރީގެ ހިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވައިފި އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އުޑުވިލާ މާލަމުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައު މިމަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެވެ. ނައިބް ރައީސް ހުސައިން ވިދާޅުވީ އާންމު ސިއްހީ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރަމުންދާ ކަމެއް ކަމަށެވެ. "ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ…