ތާއީދު ހޯދުމަށް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އޭސީސީން ގޮވާލައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގޮވާލައިފިއެވެ. އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ މީހުން ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އެގޮތުން އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ނުވަތަ އާންމު ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުން ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން…