މިއަދުން ފެށިގެން ފޭސް 1ގެ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމައިފި
ފެބްރުއަރީ 1 އިން ފެށިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސޯޝަލް ހައުސިން ޔުނިޓްތަކުގެ މަހު ކުލި ކުޑަ ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި އެވެ. އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސޯޝަލް ހައުސިން ޔުނިޓް ތަކަށް އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކާ ފައިސާއިން 20 އިންސައްތަ ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ. ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފްލެޓްތަކުގެ މަހު ކުލި ކުޑަކުރާނެކަން އިއުލާނު ކުރި ނަމަވެސް،…