ކެޓް ޝެލްޓަރ ހަދަން ސިޓީ ކައުންސިލާ ބިން ހަވާލުކޮށްފި
މާލޭގައި ގިނަވެގެން އުޅޭ ބުޅާތައް ބޭތިއްބުމަށް ހެދުމަށް ނިންމާފައިވާ ކެޓް ޝެލްޓަ އެޅުމަށް ހަމަޖެހިފައިވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން މިމަޝްރޫއު މާލެ ސިޓީ ކައުންސިލާ ހަވާލުކޮށް މިއަދު ހުޅުމާލެ އިން ހަވާލުކޮށްފައިވަނީ 5،000 އަކަފޫޓުގެ ބިމެކެވެ. މާލެ ސިޓީ ކައުންސިލާ މިދިޔަ ޖެނުއަރީ މަހު ހަވާލުކުރި މިމަޝްރޫއާ ގުޅިގެން ކެޓް ޝެލްޓް ހަދަން ހަމަޖެހިފައިވަނީ ބުޅާތަކާ އެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް…