އައްޑޫގެ މިސްކިތްތައް މަރާމާތުކުރަން 1.5 މިލިއަން ރުފިޔާ ދީފި
އައްޑޫގެ މިސްކިތްތައް މަރާމާތުކުރުމަށް މި ސަރުކާރުން 1.5 މިލިއަން ރުފިޔާ އައްޑޫ ސިޓީ ކައުންސިލަށް ދީފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ މިއަދު މެންދުރު އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ގިނަ އަދަދެއްގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިގަންނަވައެވެ. އިސްލާމިކް މިނިސްޓަރު ވިދާޅުވީ އައްޑޫގައި ހުރި 68 މިސްކިތް މަރާމާތުކުރުމަށް…