ސައިބަރ ސެކިއުރިޓީއަށް ހާއްސަ އެޖެންސީއެއް އުފައްދާނަން: ހޯމްލޭންޑް މިނިސްޓްރީ
ރާއްޖޭގެ އިންޓަރނެޓު ބޭނުންކުރާ ފަރާތްތަކަށް އެ މާހައުލުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ހާއްސަ އެޖެންސީއެއް އުފެއްދުމަށް ކަނޑައެޅިފައިވާކަމަށް ހޯމްލޭންޑް މިނިސްޓްރީއިން ބުނެފިއެވެ. ރާއްޖޭގައި މިފަހަކަށް އައިސް އިންޓަރނެޓު މެދުވެރިކޮށް ހިންގާ ކުށުގެ އަދަދުތައް މައްޗަށް އަރިގެންގޮސްފައިވާއިރު ޝިކާރައަކަށް ވެގެންދާ ފަރާތްތަކުގެ އަތުން ގެއްލިގެންދާ އަދަދުތައްވެސް ބޮޑުވަމުންދާކަން ސޯޝަލްމީޑިއާގައި އެކި ފަރާތްތައް ހިއްސާކުރަމުންދާ މައުލުމާތަށް ބެލުމުންނާއި ފުލުހުންގެ މުއައްސަސާއިން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބެލުމުން ފެނިގެންދެއެވެ. އަދި މިފަދަ މައްސަލަތަކުގެ ތެރެއިން ގެއްލިގެންދާ ގިނަ އަދަދެއްގެ ފައިސާ…