ޝަމްއާންގެ ބަންދު މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފިއެވެ. ޝަމްއާންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހައި ކޯޓުން ވެސް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކުރުމާ ގުޅިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިނުގަތުމުގެ ސަބަބެއް އަދި ސާފުކޮށްފައެއް ނުވެއެވެ. މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު…









