ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހެއް ކުރިއަށްގެންގޮސްފި
ކުޅިވަރާއި ގުޅުންހުރި އެކި ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން، ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހެއް ކުރިއަށްގެންގޮސްފިއެވެ. ސްޕޯޓްސް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން މިމަހުގެ 12 އިން ފެށިގެން އޮގަސްޓް 14ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯހުގައި 33 ބައިވެރިންވަނީ ބައިވެރިވެފައެވެ. ކޯސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު ފާތިމަތު…









