އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރ ނައިބު ރައީސް އާ ބައްދަލުކުރައްވައިފި
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާޢީ ވަޒީރު އޮނަރަބަލް ރިޗަރޑް މާލްސް އެމްޕީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާ ބައްދަލު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރުގެ ނައިބު ވަނީ، ދެޤައުމުގެ މެދުގައި ދިފާޢީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ދެޤައުމުގެ ތިމާވެށީގެ ނާޒުކުކަމާއި ތިމާވެށި ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ. ބޮޑުވަޒީރުގެ ނައިބުގެ ވާހަކަފުޅުގައި،…









