ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމާ ގުޅޭގޮތުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއެކު މަޝްވަރާކުރައްވައިފި އެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްވަރާތަކުގައި، މިއަހަރު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާތީ މި ހަރަކާތްތަކުގައި މީޑިއާގެ ދައުރު ފުޅާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ވުޒާރާއިން ކުރިއަށްގެންދިއުމަށް ރާވަފައިވާ ހަރަކާތްތަކާ…