ފޭދޫ އިސްރަށްވެހިންގެ ހިޔާ ހަދަން ލިޓަސް އަށް
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން އައްޑޫ ފޭދޫގައި ހަދަން ނިންމާފައިވާ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢުގެ މަސައްކަތް ލިޓަސް އޮޓޯމޮބައިލްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. ފޭދޫ "އިސްރަށްވެހިންގެ ހިޔާވަހި" ހަދަން ބަޔަކާ ހަވާލުކުރު އިރު، ރާއްޖޭގައި ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއާ ސެންޓަރު ޤާއިމުކުރުމަކީ ރައީސް ޑރ، މުޙައްމަދު މުއިއްޒުގެ ވަޢުދެވެ. މި މަރުކަޒުތަކުގެ މައިގަނޑު މަޤުޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށް ދޭން ޖެހޭ އިސްރަށްވެހިންނަށް…









