ދިވެހި ބަހުން ނަސާރާ ދީނުގެ ލިންކުގެ ކާޑުތަކެއް ގެންގުޅުނު ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ފޭސް 2 ގެ ފްލެޓްތަކުގައި ހުރި މެއިލް ބޮކްސްތަކަށް ނަސާ ދީނުގެ ލިޔުންތަކެއް، ދިވެހި ބަހަށް ތަރުޖަމާކޮށްފަހުރި އެބްސައިޓްތަކެއްގެ ލިންކު ހިމެނޭ ބިޒްނަސް ކާޑުތަކެއް އަޅި މައްސަލާގައި ޖަރުމަނަށް ނިސްބަތްވާ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ދެ މީހުންނަކީ ޖަރުމަނުގެ ދެ މީހުން ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށްވެސް ފުލުހުން ބުންޏެވެ. ފޭސް ދޭއްގެ ފްލެޓްތަކުގެ ތިރީގައި ހުންނަ…