ރައީސް މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ މިއަހަރު އިފްތިތާހުކުރަނީ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަޔާތްޕުޅާއި ގައުމީ ޚިދުމަތާ ގުޅޭ މައުލޫމާތު ރައްކާތެރިކޮށް އާންމުކުރުމަށްޓަކައި، "ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް" ގެ ނަމުގައި ޚާއްސަ މަޝްރޫއެއް މިއަހަރު ފަށަން ނިންމައިފިއެވެ. މައުމޫން ފައުންޑޭޝަނުން ބޭއްވި 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މި މަޝްރޫއު އިފްތިތާހުކުރުމަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށާއި، މަޝްރޫއުގެ މަގްސަދުތަކާއި ދުރު ރާސްތާގެ ތަސައްވުރު ހިމެނޭ ފުރިހަމަ ޕްރޮޕޯޒަލެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ…









