ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ރައީސް ކުށްވެރިކޮށްފި
ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ 100 އަށް ވުރެ ގިނަ މީހުން ޝަހީދު ކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއޒު އެކަން ހަރުކަށި އިބާާރާތުން ކުށްވެރިކޮށްފި އެވެ. ޣައްޒާގެ ތަބިޢީން ސްކޫލުގައި ހިޔާވަހިކަން ހޯދައިގެން ގިނަ ބަޔަކު ތިއްބައި އިޒްރޭލުން އެތަނަށް ހަމަލާދިނީ އިއްޔެ ރޭ ފަތިހި އެވެ. އެ ހަމަލާގައި އަންހެނުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުން ހިމެނޭހެން 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އެ ލާއިންސާނީ ހަމަލާ ކުށްވެރިކޮށް ބައިނަލްއަގުވާމީ…