އެމްޑީޕީން ރުހުން ނުދިން ތިން ވަޒީރުންނަށް 20 ވަނަ މަޖިލީހުން ރުހުން ދީފި
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮވެގެން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް މިއަދު ރުހުން ދީފި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން، މިދިޔަ މަޖިލީހުން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ތިން ވަޒީރުންނަށް ރުހުން ހޯދުމުގެ…