މައިންޑްކޯއާއި ބީއެމްއެލްއިން "މޯލްޑިވްސް އޭއައި ލެބް" އިފްތިތާހުކޮށްފި
މައިންޑްކޯއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ގައުމީ "އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓާ" ނުވަތަ މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފިއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި މިއީ ރާއްޖެއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމުގެ އެޖެންޑާ މޯލްޑިވްސް 2.0 ގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ. ބީއެމްއެލްއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކުރުމާ އެކު، މި ސެންޓަރުގެ އެންމެ…









