އެސްޑީއެފްސީގެ އެމްޑީ އަކަށް ބަދުރުއްދީން ޢައްޔަންކޮށްފި
އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ބަދުރުއްދީން ޙަސަން ޢައްޔަންކޮށްފިއެވެ. ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުން އެމްބީއޭ ހާސިލުކުރައްވާފައިވާ ބަދުރުއްދީނަކީ ބޭންކިންގ އަދި މާލީ ޚިދުމަތްތަކުގެ ދާއިރާގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 2012 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިވަޑައިގަތުމަށްފަހު ބަދުރުއްދީން ވަނީ ރޭޓެއިލް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ، ސީނިއަރ މެނޭޖަރ އޮފް ރީޓެއިލް ބޭންކިންގ، ހެޑް އޮފް ރީޓެއިލް…









