މިއަހަރު ތެރޭ ހުރިހާ އަތޮޅު ހޮސްޕިޓަލަކުން ޑައިލެސިސްގެ ހިދުމަތް ލިބޭނެ: ހަލީލް
މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލެސިސްގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބަސް ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށް މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހަލީލް ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ. ވަޒީރާ ސުވާލުކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވަނީ އެ ދާއިރާގެ ރަށްތަކުގައި ޑައިލެސިސް…