ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށިއްްޖެ: ރައީސް
ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ މަހާސިންތާ ނުވަތަ ސިޑްސްގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ޕްރައިވެޓް ސެކްޓަރ ފައިނޭންސްއާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެއް ސިނާއަތަކަށް އިގްތިސާދު ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އިގްތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް ސަރުކާރުން…