ޒުވާނުންގެ މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި
ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މިގޮތުން މުޒާހަރާގެ ތެރެއިން ބާރުގެ ބޭނުންކޮށް، ހައްޔަރުކޮށްފައިވަނީ ޢާއިޝަތު ޝިމަން އަޙްމަދާއި ޢަބްދުﷲ މަހްޒޫމް މާޖިދެވެ. ޝިމަން އަދި މަހްޒޫމް ހައްޔަރުކުރުމާ ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ އެމީހުން ދޫކޮށްލުމަށް ގޮވާލަމުންނެވެ. "ދުލެއް ނުކުރާނަން" ގެ ނަމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކައިރީގައި ކޮންމެ…









