2025 ޒެންގްޒޯ އިންޓަރނޭޝަނަލް މޭޔަރސް ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ
2025 ވަނަ އަހަރު ޗައިނާގެ ޒެންގްޒޯގައި ބޭއްވުނު އިންޓަރނޭޝަނަލް މޭޔަރސް ފޯރަމް އޮން ޓޫރިޒަމްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ފޯރަމްގައި ރާއްޖެ ތަމްސީލުކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޔާމީން އަޙުމަދު އެވެ. މި ފޯރަމްގެ ތެރެއިން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވި އަދި ދިވެހިރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. މި ފޯރަމް ބޭއްވުނީ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ…









