ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި
ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އަލަށް ތަރައްޤީކުރެވުނު އިސްލާމީ ކުތުބުޚާނާ ހުޅުވައިފިއެވެ. މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސަޢުދާންއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުވެސް ވަނީ ބައިވެރިވެލައްވާފައެވެ. އިސްލާމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ދިއްދޫ އިސްލާމީ ކުތުބުޚާނާގައި ދިވެހި ބަހާއި، އިނގިރޭސި ބަސް…









