އެމްޑީޕީން ބޮޑުތަނުން ސަރުކާރު ބަލިކޮށްފި: ނަޝީދު
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި އިދިކޮޅު އެމްޑީޕީން ސަރުކާރުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވޯޓުން ސަރުކާރަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، ރާއްޖޭގެ ގިނަ ސިޓީތަކާއި ރަށްތަކުގެ މެޖޯރިޓީ އެމްޑީޕީން ނަގާފައިވާއިރު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައިވެސް ސަރުކާރުގެ ހުށަހެޅުމަށް ބޮޑުތަނުން ވަނީ ނޫނެކޭ ބުނެފައިކަމަށް…









