އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރުމަށް ރައީސް ނިންމެވުމުން، ޗައިނާ ސަފީރު ތައުރީފު ކުރައްވައިފި
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިންހުއާ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ތަޢުރީފު ކުރައްވައިފިއެވެ. މި ނިންމެވުމާ ގުޅިގެން ސަފީރު ކޮންގް ޝިންހުއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސިނަމާލެ ބްރިޖަކީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ބަދަލެއް ގެނެސް، ދިވެހީންގެ ދިރިއުޅުމަށް ބޮޑު ފަސޭހައެއް ލިބިގެންދިޔަ މަޝްރޫޢުއެއް ކަމަށެވެ. އަދި އެއީ އިންޖިނިއަރިންގ ދާއިރާއިން ހޯދުނު އަޖައިބެއް ފަދަ ބޮޑު ކާމިޔާބެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ. ސަފީރު އިތުރަށް…









