އަލިފާނުގެ ހާދިސާގެ ތަހުގީގުގައި އިންޑިއާ ޓީމެއް ބައިވެރިވެއްޖެ
މި މަހުގެ 12 ވަނަ ދުވަހު މާލޭގަިއ ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގުގައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ހަރަކާތްތެރިވާން ފަށައިފި އެވެ. ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު މީޑިއާތަކާއި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހު މ. ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު އަންނަނީ ފުލުހުންނާއެކު ހަރަކާތްތެރިވަމުން ކަމަށެވެ. އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި…