ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި މުންނިމް އާއި ނާޒިމް އެހެން މިނިސްޓްރީތަކަކަށް ބަދަލު ކުރައްވައިފި
ދައުލަތުގެ ބައެއް މަގާމުތަކަށް ބަދަލު ގެނެސް، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި މުންނިމް އަނީސް އާއި އަހުމަދު ނާޒިމް މުހައްމަދު އެހެން މިނިސްޓްރީތަކަކަށް ބަދަލުކުރައްވައިފިއެވެ. މި ބަދަލާ ގުޅިގެން މުންނިމް އަނީސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖައްސަވާފައިވާއިރު، އަހުމަދު ނާޒިމް މުހައްމަދު ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވަނީ ހަމަޖައްސަވާފައެވެ. މި ދެ ބޭފުޅުންނަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އަރިހުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުންނެވެ. މުންނިމް އަނީސްއަކީ ރައީސް ޑރ.…









