ވެރިކަން ލިބުމުން އެމްޑީޕީން ކަން ކުރީ އެއްބަސްވެވުނު ސިޔާސަތުތަކާ ދެކޮޅަށް: ނަޝީދު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)އަށް 2018 ވަނަ އަހަރު ވެރިކަން ލިބުމުން ކަން ކުރީ އެއްބަސްވެވުނު ސިޔާސަތުތަކާ ދެކޮޅަށްކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ފާޑުވިދާޅުވެއްޖެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މަސައްކަތްޕުޅާ ދުރުގައި ހުންނެވުމަށްފަހު މިއަދު އެ މަނިކުފާނު ރާއްޖެ ވަޑައިގެން، މިރޭ ރާޅުގަނޑުގައި އޮތް ޑިމޮކްރެޓްސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ ނަޝީދު ވިދާޅުވީ އެމްޑީޕީން ވެރިކަމުގެ ދަޢުރު ނިންމާލީވެސް ވަޢުދުވި ކަންކަމާ ޚިލާފުވެގެންކަމަށާއި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ. ނަޝީދު…